30 ޖެނުއަރީ 2025
މޮޅަދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓަން ކައުންސިލާ ހަވާލުކޮށްފި
އަމީލާ މުހައްމަދު · ކައުންސިލް އޮފިސަރ
ރާއްޖޭގެ ހުރިހާ ހިސާބަކަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ސަރުކާރުން ވަނީ އިފްތިތާހުކޮށްފައެވެ.

ހއ. މޮޅަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް މެޝިން ބެހެއްޓުމަށްށް އެރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ސަރުކާރުން ވަނީ އިފްތިތާހުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އޭޓީއެމް އިމާރާތް އިމާރާތްކުރަން ބީއެމްއެލް އިން އިއުލާން ވެސް ކޮށްފައިވެއެވެ.
މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މޮޅަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ހިއްސާކުރޭ


