ޤުދު ރަތީ ނަލަކަމާއ،ި އިސްލާމީ މަތިވެރި ހަމަތަކާއ،ި އެކުވެރިކަމުގެ ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ބޮޑުތިލަދުންމަތީގެ މޮޅަދޫއަށް ނުހަނު އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަމެވެ. މޮޅަދޫއަކީ މުއްސަނދި ޘަޤާފަތަ ކާއި ތާރީޚީ ތަރިކަ ރައްކާތެރި ކުރަމުނ،ް ޒަމާނީ ތަރައްޤީއާއި ދެމެހެއްޓެނިވި މުސްތަޤުބަލަކަށް އަމާޒުހިފައިގެން ކުރިއަރަމުން އަންނަ ނަމޫނާ ރަށެކެވެ. ރަށުގެ އަމިއްލަވަންތަ ކަމާއި އަގުހުރި އާދަކާދަތައް ދަމަހައްޓަމުން ޢުމްރާނީ އަދި އިޖުތިމާޢީ ގޮތުން ފާހަގަކޮށްލެވޭފަދަ ބޮޑެތި ކުރިއެރުންތަކެއް މި ރަށުން ދަނީ ޙާޞިލް ކުރަމުންނެވެ.
މޮޅަދޫއަކީ ދިވެހިރާއްޖޭގެ ޤުދުރަތީ ވެށްޓާއި ގޮނޑުދޮށްތަކުގެ ފުރިހަމަކަން އެކުލެވިގެންވާ ހިތްގައިމު ރަށެކެވ.ެ ހުދު ދޮންވެލި ތުނޑިތަކާއ،ި ފެހިކަންގަދަ ރުއްގަސްތަކުގެ އިތުރުން އެހެނިހެން ދިރުންތަކުން މުއްސަނދި ފަރުތަ ކަކީ މި ރަށުގެ ޤުދުރަތީ ރައުސްމާލެވ.ެ ރަށުގެ އަމާނ،ް ހަމަހިމޭން މާޙައުލަކީ މުޖުތަމަޢުގެ އިޖުތިމާޢީ ދުޅަހެޔޮކަމާއި މުސްތަޤުބަލުގެ ތަރައްޤީގެ ބިންގަލެވެ .
ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޢުމްރާނީ ވަޞީ ލަތްތައް ހަރުދަނާކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދެއެވ.ެ އެގޮތުން ޒަމާނީ ފެންވަރުގެ މަގުތަކާއ،ި ފެން ހިންދާ ނިޒާމާއ،ި ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ޢާންމު ރައްޔިތުންގެ ލާބައަށްޓަކައި ޤާއިމުކުރަންޖެހޭ އެންމެހައި ވަ ޞީލަތްތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ .
ރަށުގެ ތާރީޚީ އަދި ޚާއްޞަ ތަންތަން، ޤުދުރަތީ ވެށިއާއި އެކު.
ރަށުގެ ޤުދުރަތީ ރައުސްމާލުގެ ތެރެއިން ހުދު ދޮންވެލި ތުނޑިތައް.
ތިމާވެށްޓަށް ހޭލުންތެރިކަން އިތުރުކޮށް، ޤުދުރަތީ މާޙައުލު ރައްކާތެރިކޮށް.
ރަށުގެ ދެކުނު ހުޅަނގުގައި ހިމެނޭ ކަނޑޫފާ. ބޮޑުމިން 20,000 އަކަފޫޓު.
ރަށުގެ އިރުމަތީ ކަނބަލީގައި ޓޫރިޒަމްގެ މަސައްކަތްތަކަށް.
ރަށުގެ ދެކުނު ހުޅަނގުގައި ހިމެނޭ ކަނޑޫފާ. ބޮޑުމިން 20,000 އަކަފޫޓު.
ފަޚުރުވެރި ބޮޑުތިލަދުންމައްޗަށް ނިޞްބަތްވާ މޮޅަދޫއަކީ ދިވެހިރާއްޖޭގެ އެންމެ އުތުރުނ،ް ތިލަދުންމަތީ އުތުރުބުރި )ހއ( ގައި މީހުން ދިރިއުޅޭ ރަށެކެވ.ެ މި ރަށަކީ ޤުދުރަތީ ގޮތުން ހިތްގައިމު އަތިރިމައްޗަކާއ،ި އަކިރި އަދި ރުކާއި ތަފާތު ގަސްގަހާގެހިން މުއްސަނދިކަން ލިބިފައިވ،ާ ރަށުގެ ޙިމާޔަތަށް ރަށުގެ ވަށައިގެން ފަރުގެ ނިޒާމެއް އޮންނ،ަ އަދި އަވަށްޓެރި އެހެން ރަށްތަކާ ދަތުރުފަތުރުގެ ގޮތުން ފަސޭހަ ގުޅުމެއް އޮންނަ ރަށެކެވެ .
އިސްލާމްދީނަކީ މޮޅަދޫ ރައްޔިތުންގެ ދިރިއުޅުމުގެ މައި ތަނބެވ.ެ މޮޅަދޫގެ އިޖުތިމާޢީވެށި ބިނާވެފައިވަނީ އީމާންތެރިކަމާއ،ި އޯގާތެރިކަމާއ،ި ތެދުވެރިކަމުގެ އިތުރުން އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި އަޅާލުމުގެ މަތިވެރި އިސްލާމީ ރިވެތި އަޚްލާޤުގެ މައްޗަށެވެ . ކައުންސިލްގެ މައިގަނޑު ސިޔާސަތަކީ އިސްލާމީ ޞައްޙަ ޢަޤީދާއާއި ދިވެހިވަންތަ ރިވެތި އާދަކާދަތައް ދަމަހައްޓައ،ި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ލާބައާއި މަންފާއަށްޓަކައި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ .
މޮޅަދޫގެ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ އެ ކުވެރި އަދި ހީވާގި ރައްޔިތުންނެވ.ެ އަޅުގަނޑުމެންގެ މުޖުތަމަޢު ބިނާވެފައިވަނީ ޢާއިލީ ވަރުގަދަ ގުޅުމާއ،ި އެއްބައިވަންތަ ކަމުގެ މައްޗަށެވެ .
ކައުންސިލްގެ އަމާޒަކީ ރަށުގެ އެންމެހައި ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށ،ް ކުޑަކުދިންނާއ،ި ޒުވާނުންނާއ،ި އަންހެނުންނާއި އަދި އިސްރަށްވެހިން ހިމެނޭހެނ،ް މުޖުތަމަޢުގެ ހުރިހާ ފަންތިއަކަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމެވ.ެ އެންމެން ގުޅިގެން ކުރާމަސައްކަތުނ،ް މޮޅަދޫއަކީ ހުރިހާ ގޮތަކުންވެސް ފުދުންތެރ،ި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވާ ވިލުންވެރި ރަށަކަށް ހެދުމެވެ .
ތަޢުލީމަކީ މޮޅަދޫގެ ދެމެހެއްޓެނިވި ތަރައްޤީއާއި އުޖާލާ މުސްތަޤުބަލުގެ މައިބަދައެވ.ެ ފެންވަރު ރަނގަޅު ތަޢުލީމާއ،ި އުމުރަށް ދެމިގެންދާ އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުނ،ް ޒަމާނީ ހުނަރުތަކުން ކުދިންނާއި ޒުވާނުންގެ ޤާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީކުރުމަކީ މި ރަށުން އެންމެ އިސްކަންދޭ އެއް އަމާޒެވެ . ތަޢުލީމީ މުއައްސަސާތަކާއ،ި ބެލެނިވެރިންނާއ،ި ސަރުކާރުގެ ކަމާބެހޭ އިދާރާތައް އަދި މުޖުތަމަޢުގެ އެންމެހައި ފަރާތްތަ އް ގުޅިގެނ،ް ތަޢުލީމީ ފުރުޞަތުތައް އިތުރަށް ފުޅާކުރުމެވ.ެ އަދި އަންނަން އޮތް ޖީލަށް ފަހ،ި އުފެއްދުންތެރި އުނގެނުމުގެ މާޙައުލެއް ބިނާކޮށް ދިނުމެވެ .
މޮޅަދޫގެ ޒުވާނުންނަކީ މި ރަށުގެ މިއަދުގެ ހަކަތައާއ،ި މާދަމާގެ އުއްމީދީ އެންމެ އަގުހުރި ރައުސްމާލެވެ . އިޖުތިމާޢީ އެކިއެކި ޙަރަކާތްތަކުގައި ޒުވާނުންގެ ޙަރަކާތްތެރި ބައިވެރިވުން އިތުރުކުރުމަށާއ،ި ލީޑަރޝިޕްގެ ހުނަރުތަކާއި ޢަމަލީ މަސައްކަތްތަކުގެ ހުނަރުތައް ތަރައްޤީކުރުމަށް ކައުންސިލުން އަބަދުވެސް ބާރުއަޅައެވ.ެ މީގެއިތުރުނ،ް މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ހޯދައިދ،ީ ރަށުގެ ތަރައްޤީގެ ސިޔާސަތުތަކުގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަކީ ކައުންސިލްގެ މައިގަނޑު މަޤުޞަދެކެވެ . ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކާއ،ި ހުނަރު އިތުރުކުރުމުގެ ތަމްރީނުތަކާއ،ި ޘަޤާފީ އަދި އިޖުތިމާޢީ ޚިދުމަތް ތަކުގެ ޒަރީޢާއިން ޒުވާނުން ބާރުވެރިކުރުވ،ި އަމިއްލަ ފަސްގަނޑަށް އޮންނަ ލޯތްބާއި ޤައުމީ ރޫޙު އިތުރަށް ވަރުގަދަ ވެގެންދާނެއެވެ .
މޮޅަދޫއަކީ ތިމާވެށްޓާ ރައްޓެހި އަދި މުޖުތަމަޢު ޝާމިލުވާ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ފައްކާވެފައިވާ ފުރިހަމަ މަންޒިލެކެވ.ެ ރަށުގެ ޤުދުރަތީ ރީތިކަމާއ،ި ދިރިއުޅުމުގެ ވައްޓަފާޅިއާއ،ި ޘަޤާފީ ތަރިކަތަކަކީ މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ހޯދައިދެވޭނެ މުހިންމު ސިފަތަކެކެވ.ެ މިއީ ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރުމަ ށްލިބޭ އަގުހުރި ފު ރުޞަތެކެވެ . ކައުންސިލްގެ އަމާޒަކީ ރަށުގެ ޤުދުރަތީ ވެށްޓަށް އުނިކަމެއް ނާންނާނެހެނ،ް ތިމާވެށްޓަށް ލޯބިކުރާ ހެޔޮ އާދަތަކާއެކ،ު ދިވެހިވަންތަ އަދި ޒިންމާދާރު ފަތުރުވެރިކަމެއް ތަރައްޤީކޮށ،ް އޭގެ އިޤްތިޞާދީ މަންފ،ާ މުޅި ރަށަށް ހޯދައިދިނުމެވެ .
މޮޅަދޫގެ ނާޒުކު ޤުދުރަތީވެށި ޙިމާޔަތްކުރުމަކީ މުޅިމުޖުތަމަޢުގެ ވަޠަނީ އަދި ޤައުމީ ޒިންމާއެކެވ.ެ ތިމާވެށި ބެލެހެއްޓުމާއި ރައްކާތެރި ކުރުމަކީ އިސްލާމީ އުޞޫލުތަކުގައިވެސް ބާރުއަޅާ މުހިންމު ކަމެކެވެ . އެގޮތުން ޒަމާނީ ފެންވަރަށް ކުނި މެނޭޖުކުރުމާއ،ި ގޮނޑުދޮށްތައް ޙިމާޔަތް ކުރުމާއ،ި ގަސްއިންދައި ފެހިކަން އިތުރުކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތްކުރެއެވ.ެ ޚާއްޞަކޮށް "މޮޅަދޫ އިކޯ ޕާކް" ފަދަ މަޝްރޫޢުތަކުގެ ޒަރީޢާއިން ތިމާވެށްޓަށް ހޭލުންތެރިކަން އިތު ރުކޮށ،ް ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ މާޙައުލުގެ ބޭނުންހިފުމަށް މަގުފަހި ކުރެވެއެވެ .
ދެމެހެއްޓެނިވި ގޮތެއްގައި ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުން .
މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްތައް ކުރިއެރުވުން .
އިކ-ޯޓޫރިޒަމް )ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަން( ތަޢާރަފުކޮށް ތަރައްޤީކުރުން .
ރަށުގެ ތާރީޚީ އަދި ޚާއްޞަ ތަންތަން ޙިމާޔަތްކޮށް ބެލެހެއްޓުން .
ރަށު އުފެއްދުންތަކާއި ޘަޤާ ފީ މަސައްކަތްތެރިކަން އިޝްތިހާރުކުރުން .
ޒިޔާރަތްކުރާ ފަރާތްތަކަށް އިޙްތިރާމާއި ރައްކާތެރި ކަމާއެކު މާނަހުރި ތަޖުރިބާތަކެއް ފޯރުކޮށް ދިނުން .
ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކަކީ ދުޅަހެޔ،ޮ ހަށިހެޔޮ އަދި އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމުގެ މައިގަނޑު އެއް ތަނބެވެ . މޮޅަދޫގައި ވޮލީބޯޅ،ަ ފުޓްބޯޅ،ަ ފުޓްސަލް އަދި މަސްވެރިކަން ފަދަ ކުޅިވަރުތަކާއި ދުޅަހެޔޮ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއެރުވުމަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދެއެވ.ެ ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި އެއްބައިވަންތަ ކަމާއ،ި ރިވެތި އަޚުލާޤާއ،ި އެކު ވެރިކަމުގެ އިތުރުން ލީޑަރޝިޕާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވ،ެ މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ބަދަހިވެގެން ދެއެވެ . ކައުންސިލްގެ އަބަދުގެވެސް އަމާޒަކީ ކުޅިވަރުގެ ވަޞީ ލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށ،ް ކުޅިވަރު ޙަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމެވ.ެ އަދި ރަށުގެ ހުނަރުވެރި ކުޅުންތެރިންނާއި ޓީމުތަކަށ،ް ރަށު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ތައް ފަހިކޮށް ދިނުމުގައި ކައުންސިލުން އަބަދުވެސް ދެމިއޮންނާނެއެވެ .
މޮޅަދޫ ކައުންސިލުން އިސްކަންދޭ މައިގަނޑު ދާއިރާތައ:ް
އަސާސީ ޢުމްރާނީ ވަޞީލަތްތައް ފުޅާކޮށް ޒަމާނީ ފެންވަރަށް ގެނައުނ.ް
ތިމާވެށްޓާ ރައްޓެހ،ި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ފަހި މާޙައުލެއް ޤާއިމުކުރުނ.ް
ރަށުގެ ޤުދުރަތީ ވެށި ޙިމާޔަތްކޮށ،ް ދިރުންތައް ދެމެހެއްޓުން .
ޒުވާނުންނާއި ވިޔަފާރިވެރިންނަށް އިޤްތިޞާދީ އައު ފުރުޞަތުތައް ހުޅުވައިދިނުން .
މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ވިލުންތެރިކަން އިތުރުކުރުނ.ް
ޢާންމު ޚިދުމަތްތަކުގެ ފެންވަރު މަތިކޮށ،ް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުނ.ް
އިޖުތިމާޢީ ޢަދާލަތާއި އެއްބައިވަންތަކަން މުޖުތަމަޢުގައި އަށަގެންނެވުނ.ް
އިސްލާމީ އުޞޫލުތަކާއި ޘަޤާފީ އަގުހުރި ތަރިކަ ރައްކާތެރި ކުރުން
ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޙިއްޞާއާއި ބައިވެރިވުން އިތުރުކުރުނ.ް
އާބާދީ (ޖުމުލަ)
418
ފިރިހެން (ޖުމުލަ)
220
އަންހެން (ޖުމުލަ)
118
އާބާދީ (18 އަހަރުން ދަށް)
36